"ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

21 މާރިޗް 2025|(IUL)468-ESDS/468/2025/71
ސުންގަޑި: 24 އެޕްރީލް 2025 (ހެނދުނު 07:00)

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން 09 މެއި 2025 ގައި  "ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2025" ގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ދިވެހިރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅަށް (ގދ، ގއ، ސ އަދި ޏ) ނިސްބަތްވާ ރަށްތަކުގެ ޓީމްތަކަށް އަމާޒުކޮށްގެން ފުވައްމުލައް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. 

             ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 24 އެޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން youth@fuvahmulah.gov.mv  އަށް އީމެއިލް ކޮށްދެއްވުން  އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ފުވައްމުލަކު ސިޓީ ކައުންސިލްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.