އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

30 ޖުލައި 2024|(IUL)468-ESDS/468/2024/205
ސުންގަޑި: 11 އޮގަސްޓް 2024 (ހެނދުނު 7:0)

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން 31 އޯގަސްޓް 2024 ގައި ފުވައްމުލައް ސިޓީގެ އޮފީސްތަކަށް އަމާޒުކޮށްގެން " ފުވައްމުލައް ސިޓީ ކައުންސިލް އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް 2024 " ގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފުވައްމުލަކުގައި ޤާއިމުވެ ހިންގާ އޮފީސްތަކާއި ކުންފުނިތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 11 އޯގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު ފުވައްމުލަކު ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.