ޢީދާއި ގުޅިގެން ފެން އަދި ކުލަ ފަދަ ތަކެތި ޖެހުމާއި ގުޅޭ

19 އެޕްރީލް 2023|(IUL)468-CS/468/2023/124

ޢީދާއި ގުޅިގެން ފެން އަދި ކުލަ ފަދަ ތަކެތި ޖެހުމާއި ގުޅޭ

ޢީދާއި ގުޅިގެން އަޅުގަނޑުމެންގެ ތެރޭގައި އޮންނަ "ފެންކުޅި" އަދި ކުލަޖެހުން ފަދަ ކަންކަމަކީ މިފަހަކަށް އައިސް ވަރަށް ފޯރިއާ ޖޯޝާއެކު ރައްޔިތުން، ޚާއްޞަކޮށް ޒުވާނުންމެދުގައި ކުރަމުންދާ ކަމަކަށްވާތީ، ދަންނަވަމެވެ.

ޢީދާއި ގުޅިގެން އެއްބަޔަކު އަނެއް ބަޔަކު "ފެންކުޅި" އަދި ކުލަ ފަދަ ތަކެތި ޖެހުމުގައި އެކަކު އަނެކަކު ގަޔަށް ފެން އަދި ކުލަ ފަދަ ތަކެތި ޖަހާއިރު މީހުންގެ ކަރާމާތާއި، ޢިއްޒަތާއި އަބުރަށް އުނިކަން އަންނަ ގޮތަށް، އަދި މަގުން ހިނގާ ބިގާވެ އުޅޭ މީހުންނާއި މަގުން ދުއްވާ އުޅަނދުތަކަށް އަދި ޖުމްލަކޮށް މުޖުތަމަޢުގައި ދިރިއުޅޭ ކުދި ބޮޑު އެންމެންގެ ސިއްޙަތަށް، ނުވަތަ މުދަލަކަށް ގެއްލުމެއް، ނުވަތަ އަނިޔާއެއް ކުރިމަތިވެދާނެ ފަދަ ގޮތަކަށް އެއްވެސް ރައްޔިތަކު ޢަމަލުނުކުރުމަށާއި، އެފަދަ އެއްޗެއް ބޭނުން ނުކުރުމަށް ކައުންސިލުން އިލްތިމާސް ކުރަމެވެ.

ވުމާއެކު، ޢީދު ފާހަގަކުރުމުގައި ދީނީ އަދި އިޖުތިމާޢީ މިންގަޑުތަކާއި އެއްގޮތްވާގޮތަށް، އެންމެ ބޭފުޅުންގެ ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރަމެވެ.

28 ރަމަޟާން 1444

19 އޭޕްރީލް 2023