ފުވައްމުލައް ސިޓީގެ ކުޅިވަރު ދަނޑުތައް ބޭނުންކުރުމާއި ގުޅޭ

23 މާރިޗް 2023

ފުވައްމުލައް ސިޓީގެ ކުޅިވަރު ދަނޑުތައް ބޭނުންކުރުމާއި ގުޅޭ:

މިހިނގާ 1444 ވަނަ އަހަރުގެ ރަމަޟާން މަހު މިސިޓީގެ ކުޅިވަރު ދަނޑުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 09:00 އިން 00:00 އަށް ކަމުގައި ދަންނަވަމެވެ. އެހެންކަމުން ހަވީރު 06:00 އިން ރޭގަނޑު 09:00 އާއި ދެމެދު ކުޅިވަރު ކުޅޭ ދަނޑުތައް އެއްވެސް ފަރާތަކުން ބޭނުންނުކުރެއްވުން އެދެމެވެ. އަދި ދަނޑު ބޭނުންކުރުމުގައި ކައުންސިލުން އާންމު ކޮށްފައިވާ އޮންލައިން ފޯރމް ހުށަހަޅައިގެން ހެދޭ ޝެޑިއުލެއްގެ ތެރެއިން ކުޅިވަރު ދަނޑުތައް ބޭނުންކުރުމަށް ދަންނަވަމެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަކަށް ވީހިނދު، ގިނަ ގިނައިން އަޅުކަމުގައި ވަގުތު ހޭދަކޮށް އިސްލާމީ ރިވެތި އާދަކާދަ އާއި ޢުޞޫލްތައް އާލާކުރުމަށް މަސައްކަތްކުރުން މަތީ ދެމިތިބުމަށް އިލްތިމާސް ކުރަމެވެ.

30 ޝަޢުބާން 1444

22 މާރިޗް 2023