އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ޙާފިޡުން ހޯދުމާއި ގުޅޭ

16 ޑިސެމްބަރ 2024|(IUL)468-IMS/468/2024/331

1446 ވަނަ އަހަރު ރަމަޟާންމަހު މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުންނާއި ރާއްޖެއިން ބޭރުގެ ޙާފިޡުން ރާއްޖެ ގެނައުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 20 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިކަމަށް އެދި ހުށަހަޅާ ފޯމް ދޫކުރުމާއި ބަލައިގަތުން މި އިދާރާ (ކުރީގެ ރަށު އޮފީސް ހިނގަމުންއައި ޢިމާރާތުގައިވާ މޮސްކް ޔުނިޓުން) ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ. އަދި "ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް ރާއްޖެއިން ބޭރުގެ ޙާފިޡުން ގެނައުމުގެ ހުއްދަ އަށް އެދޭ ފޯމް" ، "ދިވެހި ހާފިޡުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމް" މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓް www.islamicaffairs.gov.mv ވެބްސައިޓް އިންވެސް ލިބެން ހުންނާނެއެވެ.

11 جُمَادَىٰ ٱلْآخِر 1446

12 ޑިސެމްބަރ 2024