ފުވައްމުލައް ސިޓީ ކައުންސިލް މަދަހަ މުބާރާތް 2022 ގެ ގަވާޢިދަށް އިސްލާޙް ގެނައުން

28 ސެޕްޓެމްބަރ 2022

"ފުވައްމުލައް ސިޓީ ކައުންސިލް މަދަޙަ މުބާރާތް 2022" ގެ ގަވާޢިދަށް 1 އިސްލާޙް ގެނައުމުގެ ޤަވާއިދު

"ފުވައްމުލައް ސިޓީ ކައުންސިލް މަދަޙަ މުބާރާތް 2022" ގެ ގަވާޢިދުގެ 6.4 މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން

6 – މުބާރާތުގައި ކިޔާ މަދަޙައިގެ މިންވަރާއި ބާވަތް

6.4 މި މުބާރާތުގައި ސްކޫލް ތަކުގެ ދަރިވަރުން މަދަޙަ ކިޔާނީ އެ ސްކޫލެއްގެ ޔުނިފޯމުގައެވެ. ކޮލެޖް/ޔުނިވަރސިޓީ ތަކުގެ ދަރިވަރުން ބޭނުންކުރާނީ މިފަދަ މުބާރާތެއްގައި މަދަޙަ ކިޔުމަށް އެކަށީގެންވާ ހެދުމެކެވެ. އަދި ހެދުން އެޅުމުގައި މިފަދަ މުބާރާތަކާއި ނުގުޅޭ ހެދުމެއް ދަރިވަރު އަޅައިފިނަމަ އެހެދުން ބަދަލުކުރުމަށް އެންގުމުގެ އިޚުތިޔާރު މުބާރާތް އިންތިޒާމު ކުރާ ފަރާތަށް ލިބިގެންވެއެވެ.