ފިރިހެން ކުދިންނަށް ޙާއްސަކޮށް މިސްކިތްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ނަމާދު ޕްރޮގްރާމާއި ގުޅޭ

24 އޮގަސްޓް 2023|(IUL)468-CS/468/2023/244

ފިރިހެން ކުދިންނަށް ޙާއްސަކޮށް މިސްކިތްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ނަމާދު ޕްރޮގްރާމާއި ގުޅޭ

ފުވައްމުލަކު ކޮންމެ ރައްޔިތަކީ 5 ނަމާދު ޤާއިމުކުރާ ރައްޔިތަކަށް ހެދުމުގެ މަޤްޞަދުގައި، ކުޑަކުދިންނަށް އަމާޒުކޮށްގެން ނަމާދު ޕްރޮގްރާމެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.މިޕްރޮގްރާމް ނިމޭއިރު، ވުޟޫކުރުން، ނަމާދުގައި ކިޔާތަކެތި ހިތުންދަސް ކުރުން، ޤުރުއާނުން ކޮންމެވެސް މިންވަރެއް ހިތުން ދަސްކުރުމާއި، އަޤީދާއާއި ގުޅޭ ބައެއް މަޢުލޫމާތު ކުދިންނަށް ދަސްވެގެންދާނެއެވެ.

ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 1 ސެޕްޓެމްބަރ 2023 ގައި

ޕްރޮގްރާމް މުއްދަތު 40 ދުވަސް

ޕްރޮގްރާމް ބައިވެރިވެވޭނީ 31 އޮގަސްޓުގެ ނިޔަލަށް އުމުރުން 9 އަހަރުފުރި، 13 އަހަރު ނުފުރޭ ކުދިންނަށް

މިޕްރޮގްރާމްގެ ޤަވާޢިދު މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއިޢުލާނުގެ ލިންކުގައިވާ ފޯމް، 30 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 14:00 ކުރިން ފުރިހަމަ ކުރެއްވުން އެދެމެވެ.

24 އޮގަސްޓް 2023