ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތުގެ ޓީމްލިސްޓް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

28 މެއި 2023

"ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2023" ގެ ޓީމްލިސްޓް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން 02 ޖޫން 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2023"ގެ ޤަވާއިދު ފުވައްމުލައް ސިޓީ ކައުންސިލްގެ 2023 ވަނަ އަހަރުގެ 22 ވަނަ އާންމު ޖަލްސާއިން އިސްލާޙު ކުރުމަށް ފާސްވުމާއި ގުޅިގެން، މުބާރާތުގެ ޓީމްލިސްޓް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ އަވަށްތަކުގެ ޓީމްތަކުން މުބާރާތުގެ ޓީމްލިސްޓް 30 މެއި 2023 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ޓީމްލިސްޓް ފޯމާއި މުބާރާތުގެ ގަވާއިދު އިސްލާޙް ފުވައްމުލަކު ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

08 ޛުލްޤައިދާ 1444

28 މެއި 2023