"ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2024" ގެ ތާރީޚް ބަދަލުވުމާއި ގުޅޭ

14 މެއި 2024|(IUL)468-ESDS/468/2024/103
ސުންގަޑި: 26 މެއި 2024 (ހެނދުނު 7:0)

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ " ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2024 " 05 ޖޫން 2024 އަށް ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އެހެންކަމުން މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމް ތަކުން 26 މެއި 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ބައިވެރިވުމަށް އެދި އިއުލާނާއިއެކު މިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު[email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަދި 28 މެއި 2024 ވާ އަންގާރާ ދުވަހުގެ 12:00 ކުރިން ޓީމް ލިސްޓް މެއިލް ކޮށްދެއްވުން އެދެމެވެ.