ރިވެޓްމެންޓް ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާ ސައިޓްތަކަށް އާންމުން ވަނުމާއި ގުޅޭ

21 ނޮވެމްބަރ 2022

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ތޮށިލުމުގެ މަސައްކަތަށް ދޫކުރެވިފައިވާ ކޮންސްޓްރަކްޝަން ސައިޓުތަކަށް ހުއްދަނެތި އާންމުން ވަންނަކަމުގެ ޝަކުވާ ދަނީ ލިބެމުންނެވެ. ފެންސްޖަހައި ވަނުން މަނާކަން އަންގައިދޭ ބޯޑު ބަހައްޓާފައިވާ މިސަރަޙައްދުތަކުގައި ބޮޑެތި ވެހިކަލްތަކާއި މެޝިނަރީޒް ގެންގުޅޭއިރު މިސަރަޙައްދުތަކަށް ރައްޔިތުން ވަނުމަކީ ރައްކާތެރިކަމެއްނޫން ކަމުގައި ދަންނަވަމެވެ.

އަދި ތޮށިލުމުގެ ޢަމަލީ މަސައްކަތް ފެށުމުން، ރައްކާތެރިކަން ކަށަވަރުވާނޭހެން، މަސައްކަތް ކުރިއަށްދާގޮތް ބަލާލުމަށް ބޭނުންވާ ފަރާތްތަކަށް، ޚާއްސަ އިންތިޒާމެއްގެ ދަށުން ސައިޓުތަކަށް ޒިޔާރަތްކުރެވޭނެ ގޮތް ހަމަޖެހިގެންދާނެ ވާހަކަ މިފުރުސަތުގައި ފާހަގަކުރެމެވެ.

ވީމާ، ހުއްދަނެތި ސައިޓުތަކަށް ވަނުމާއި، ބޮޑެތި ވެހިކަލްތައް ދުއްވުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުން ދުއްވުމާއި، މަސައްކަތް ކުރިއަށްދާ ސައިޓުތަކަށް ހުއްދަނެތި ޒިޔާރަތްކުރުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.

26 ރަބީޢުލްއާޚިރު 1444 ހ.

20 ނޮވެމްބަރު 2022 މ.