އިމާމްވެ ޙިފްޒުކޮށް ތަރާވީޙު ނަމާދު ކުރާނެ ޙާފިޡުން ހޯދުމާއި ބިދޭސީ ހާފިޡުންނަށް ހުއްދަ ދިނުން

7 ފެބްރުއަރީ 2024|(IUL)468-IMS/468/2024/27
ސުންގަޑި: 22 ފެބްރުއަރީ 2024 (ހެނދުނު 8:0)

އިމާމްވެ ޙިފްޒުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުންހޯދުމަށާއި ރާއްޖެއިން ބޭރުގެ ހާފިޡުންނަށް ހުއްދަ ދިނުމާއި ގުޅޭ

1445 ވަނަ އަހަރު ރަމަޟާންމަހު މިސްކިތްތަކުގައި އިމާމްވެ ހިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ހާފިޡުންނާއި ރާއްޖެއިން ބޭރުގެ ހާފިޡުން ރާއްޖެ ގެނައުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 22 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިކަމަށް އެދި ހުށަހަޅާ ފޯމް ދޫކުރުމާއި ބަލައިގަތުން މި އިދާރާ (ކުރީގެ ރަށު އޮފީސް ހިނގަމުންއައި ޢިމާރާތުގައިވާ މޮސްކް ޔުނިޓުން) ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ. އަދި

"ހިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް ރާއްޖެއިން ބޭރުގެ ހާފިޡުން ގެނައުމުގެ ހުއްދަ އަށް އެދޭ ފޯމް" ، "ދިވެހި ހާފިޡުން އިމާމުވެ ހިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމް"

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓް www.islamicaffairs.gov.mv އިންނާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ވެބްސައިޓް https://fuvahmulah.gov.mv/ އިންވެސް ލިބެން ހުންނާނެއެވެ.

24 رَجَب1445

05 ފެބުރުވަރީ 2024