ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުން އޮންލައިން ކުރުމާއި ގުޅޭ

15 މާރިޗް 2023

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ ޚިދުމަތް ފުޅާކޮށް އަވަސްކަމާއެކު ރައްޔިތުންނާ ވީހާގާތުންފޯރުކޮށްދިނުމަށްޓަކައި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން މިހާރު ވަނީ އޮންލައިން ޕޯރޓަލްއެއްގާއިމު ކުރައްވާފައެވެ .

ކާޑުހައްދަން ހުށަހެޅުއްވުމަށް online.dnr.gov.mv އަށް ލޮގިންވުމަށްފަހު، އެޕްލިކޭޝަން ހުށަހެޅުއްވުމަށް އޭގައި ރަޖިސްޓްރީ ކޮށްލުމުން ކޮންމެ ދިވެހިރައްޔިތަކަށްވެސް އެމީހަކު ހުރި ކޮންމެތާކުން ކާޑު ހެއްދުމަށް އެދި އެޕްލިކޭޝަން ހުށަހަޅާލެވޭނެއެވެ. އަދި ކޮންމެ މީހަކަށްވެސް އެމީހެއްގެ ކާޑު ހެއްދުމަށް ހުށަހެޅުމުގެ އިތުރުން، އެމީހެއްގެ ބެލެނިވެރިކަމުގެދަށުގައިވާ ފަރާތްތަކުގެ ކާޑު ހައްދަންވެސް ހުށަހެޅޭނެއެވެ. ކާޑު ހައްދަން ހުށަހަޅާއިރު ކާޑު ނަގަން ބޭނުންވާ ރަށެއް ޕޯރޓަލްއިންސެލެކްޓް ކުރަންވާނެއެވެ. އަދި ކާޑުގެ ސްޓޭޓަސް ޕޯރޓަލްއިން ބަލައިލެވޭނެއެވެ. ޕޯރޓަލްއިން މަޢުލޫމާތު ފޮނުއްވާއިރު ފޯމްހުށަހަޅާކަށް ނުޖެހޭނެއެވެ.އައިޑީކާޑުގެ ޚިދުމަތް އޮންލައިން ކުރުމާއި ގުޅިގެން މިއިދާރާ އަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އެދޭ ފޯމު ބަލައިގަތުން މިހާރު ވަނީ ހުއްޓާލެވިފައެވެ.

މިޕޯރޓަލްއިން ކާޑު ހެއްދުމުގެ ކަންކަން ކުރިއަށްދާން ފަށާފައިވާތީ މިއިދާރާ އިންހަމައެކަނި ފޮނުވަން ޖެހެނީ ފިންގަރޕްރިންޓާއި ސޮއި ނަގަންޖެހޭ ޙާލަތްތަކުގައި (10 އަހަރު ފުރިގެން އަލަށް ހައްދާ ފަރާތްތަކުގެ) ސޮޔާއި ފިންގަރޕްރިންޓް އެކަންޏެވެ.

އޮންލައިންކޮށް އައިޑީކާޑު ހެދުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވެއްޖެނަމަ ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ވައިޓަލް ރަޖިސްޓްރޭޝަން އެންޑް ޓްރާންސްޕޯޓް ސެކްޝަނުން (ފުވައްމުލައް ކަލެކްޓިން ސެންޓަރުން) އެފަރާތަކަށް އެހީތެރިކަން ފޯރުކޮށް ދެވޭނެއެވެ.

24 ޝަޢުބާން 1444

16 މާރިޗް 2023