ފުވައްމުލަކު ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2022

26 ސެޕްޓެމްބަރ 2022

ފުވައްމުލަކު ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2022

ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން 01 ނޮވެމްބަރ 2022 ގައި "ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2022" ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ފުވައްމުލަކުގެ ސްކޫލްތަކާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަން ގައި ކީރިތިޤުރުއާން ކިޔަވާދޭ ތަނެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިގެން ފުވައްމުލަކުގައި ހިންގާ ޤުރުއާން ކުލާސްތައް އަދި ރަޖިސްޓްރީ ކުރެވިގެން ފުވައްމުލަކުގައި ހިންގާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އޮކްޓޯބަރ 2022 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

މުބާރާތުގެ ގަވާއިދު އަދި ބައިވެރިވުމަށް އެދޭ ފޯމް: bit.ly/3fSmtja