އޮޕަރޭޝަން ކުރަނގި ފެށުމާއި ގުޅޭ

3 ނޮވެމްބަރ 2024|ESDS/468/2024/296-(IUL)468
ސުންގަޑި: 20 ނޮވެމްބަރ 2024 (ހަވީރު 17:0)

އޮޕަރޭޝަން ކުރަނގި ފެށުމާއި ގުޅޭ:

ދިވެހިރާއްޖޭގައި ދިމާވެފައިވާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން ސަރުކާރުން އޮޕަރޭޝަން ކުރަނގީގެ ނަމުގައި ޚާއްޞަ މަސައްކަތެއް ދަނީ ކުރަމުންނެވެ. އެހެންކަމުން ފުވައްމުލައް ސިޓީގައި މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އަދާހަމަކުރުމުގެ ގޮތުން 05 ނޮވެމްބަރ 2024 އިން 20 ނޮވެމްބަރ 2024 ގެ ނިޔަލަށް ، ފުވައްމުލައް ސިޓީގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރަމުންދާނެ ވާހަކަ ބިދޭސީ މަސައްކަތްތެރިން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި، ދެންނެވީމެވެ. އަދި ބިދޭސީ މަސައްކަތްތެރިން، ގެންގުޅުއްވާ ފަރާތްތަކުން މިކަމުގައި ސަރުކާރަށާއި މިކައުންސިލަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށްވެސް އިލްތިމާސް ކުރަމެވެ.

ތަން: ފުވައްމުލައް ސިޓީ ކައުންސިލް ފޮރޮންޓް އޮފީސް

ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 އިން 17:00 އަށް

ހުކުރު ދުވަހުގެ މެންދުރު 14:00 އިން 17:00 އަށް، ރޭގަނޑު 20:00 އިން 22:00 އަށް

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަޓަކައި އިޢުލާނު ކުރީމެވެ.

01 ޖުމާދަލްއޫލާ 1446

03 ނޮވެމްބަރ 2024