މުޅިރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ލިބިދާނެ ގެއްލުމަށް ރައްކާތެރިވުމާގުޅޭ

30 އެޕްރީލް 2023|(IUL)468-CS/468/2023/130

މުޅިރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ލިބިދާނެ ގެއްލުމަށް ރައްކާތެރިވުމާގުޅޭ

މިދުވަސްވަރަކީ މުޅިރާއްޖެއަށް މޫސުންގޯސްވެ ވިއްސާރަ ދުވަސްވަރަކަށްވާތީ ގޭގެއަށް ފެންވަނުމާއި، ރުއްގަސް ވެއްޓުން ފަދަ ޙާދިޘާތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ، މިފަދަ ޙާދިޘާ ތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ރައްކާތެރިކަމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތައް ފަރުދީ ފެންވަރުގައިވެސް ކުރިއާލައި އެޅުމަށް އިލްތިމާސްކުރަމެވެ. ވާރޭވެހުމުގެ ސަބަބުން ބޮޑަށް ގެއްލުންވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަކިން ބޮޑަށް މިކަމަށް ސަމާލުކަން ދެއްވުން ވެސް އެދެމެވެ.

ވިއްސާރައިގެ ސަބަބުން ގެއަށް ފެންވަނުން ފަދަ ޙާދިޘާތައް ދިމާވާ ފަރާތްތަކުން މިދަންނަވާ ފަރާތްތަކަށް ވީހާއަވަހަކަށް ރިޕޯޓް ކުރެއްވުމަށް ދަންނަވަމެވެ.

އެމް.އެން.ޑީ.އެފްފަޔަރ ސްޓޭޝަން: 6869118

މޯލްޑިވްސް ޕޮލިސް ސަރވިސް: 6865013

ފުވައްމުލަކު ސިޓީ ކައުންސިލް ހޮޓްލައިން: 7315001

03 ޝައްވާލް 1444

30 އެޕްރީލް 2023