ފުވައްމުލަކު ސިޓީ ކައުންސިލާއި އަދި އ.ތ.މ ކޮމެޓީ ގުޅިގެން އިންތިޒާމުކުރާ ވޮލީބޯޅަ މުބާރާތާއި ގުޅޭ.

11 މެއި 2023

ފުވައްމުލަކު ސިޓީ ކައުންސިލާއި އަދި ފުވައްމުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އިންތިޒާމުކުރާ ވޮލީބޯޅަ މުބާރާތެއް (އަންހެން އަދި ފިރިހެން ޑިވިޜަން) 17 ޖޫން 2023 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުންނާއި އޮފީސްތަކުން އަދި ކްލަބް ޖަމްޢިއްޔާ ޖަމާއަތްތަކުން 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް، ޓީމް ލިސްޓް އަދި މުބާރާތުގެ ޤަވާޢިދު މިއިދާރާގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖްއިން ލިބެންހުންނާނެ ވާހާކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރ 6865001 ފޯނާއި ގުޅުއްވުން އެދެމެވެ.

20 ޝައްވާލް 1444

10 މެއި 2023