މިއިދާރާގެ ނަންބަރު: (IUL)468-ESDS/468/2025/10 އިއުލާނުގައިވާ ފުވައްމުލަކުގައި ދަނޑުވެރިކަން ކުރުމަށް ބިން ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް "ފުވައްމުލައް ސިޓީއިން ދަނޑުވެރިކަމަށް ބިން ހޯދުމަށް އެދި ހުށަހަޅާ ފޯމު" ހުށަހެޅުމުގެ މުއްދަތު 13 ފެބުރުއަރީ 2025 ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. އެހެންކަމުން މިކަމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު 13 ފެބުރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާގެ ފްރޮންޓް އޮފީހަށް ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ހުށަހެޅުންވުން އެދެމެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6862828 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
05 ޝައޮބާން 1446
03 ފެބުރުއަރީ 2025