ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި 2023 ވަނަ އަހަރު ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ޝަކުވާ ސިޓީ ހުށަހަޅުއްވާނީ 12މާރިޗު 2023 ވަނަ ދުވަހުން ފެށިގެން 16މާރިޗު 2023 ވަނަ ދުވަހުގެ މެންދުރު ފަހު 13:00 އާއި ދެމެދު ފުވައްމުލަކު ސިޓި ކައުންސިލް އިދާރާއަށެވެ.
20 ޝައްބާން 1444
12 މާރިޗު 2023