މަގުމައްޗާއި ޕޭމެންޓުމަތީގައި ޕާކުކުރަމުންދާ ވެހިކަލްތައް ނެގުމާއި ގުޅޭ

4 ޖުލައި 2024|(IUL)468-IMS/468/2024/169

ފުވައްމުލަކު ސިޓީގެ ބައެއް މަގުތަކުގައި ނުވަތަ ޕޭމެންޓުމަތީގައި ވެހިކަލްތަށް ދާއިމި ގޮތެއްގައި ޕާކުކުރަމުންދާކަން ދަނީ ފާހަނގަކުރެވެމުންނެވެ. އަދި ހަލާކުވެފައިވާ ވެހިކަލްތައް މަގުމައްޗަށް ދޫކޮށްފައި ހުންނަކަން ވެސް ފާހަނގަ ކުރެވެއެވެ. މިގޮތަށް މަގުގައި ވެހިކަލްތައް ބަހައްޓާފައިހުރުމުގެ ސަބަބުން ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނަދުތައް ދުއްވުމަށާއި، މަގުމަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. މިގޮތަށް ބެހެއްޓިފައި ހުންނަ ވެހިކަލްތަކުގެ ސަބަބުން މަގުގެ ރައްކާތެރިކަން ގެއްލި ނުރައްކާތެރި ހާދިސާތައް ހިގަމުންދާކަން ފަހަކަށް އައިސް ފާހަނގަ ކުރެވިފައިވެއެވެ. ކައުންސިލްގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ ވެހިކަލެއް ދާއިމީކޮށް މަގުމައްޗާއި ޕޭމެންޓުމަތީގައި ޕާކުކުރުމާއި މަގުމައްޗާއި ޕޭމެންޓުމަތީގައި ހަލާކުވެފައިވާ ވެހިކަލްތަށް ބެހެއްޓުމަކީ މަނާކަމެކެވެ.

ވީމާ، މަގުމައްޗާއި ޕޭމެންޓުމަތީގައި މިގޮތަށް ކައުންސިލްގެ ހުއްދަނެތި ބަހައްޓާފައި ހުރި ގިނަ ދުވަސްވެ ހަލާކުވެފައިވާ ވެހިކަލްތަށް 05 (ފަހެއް) ދުވަހުގެ ތެރޭގައި ނެގުމަށާއި ދާއިމީ ގޮތެއްގައި ވެހިކަލްތައް މަގުމައްޗާއި ޕޭމެންޓުމަތީގައި ޕާކުކޮށްފައި ނުބެހެއްޓުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. މިކައުންސިލުގެ ނަންބަރ (IUL)468-IMS/468/2023/300 އިޢުލާނުން އަންގާފައިވާ ގޮތަށް މިމުދަތުގެ ތެރޭގައި ނަގާފައިނުވާ ވެހިކަލްތައް މިކައުންސިލުން މަގުމައްޗާއި ޕޭމެންޓުމަތިން ނަގާނެ ވާހަކަ ދަންނަވަމެވެ. އަދި މިގޮތަށް ވެހިކަލްތައް މަގުމައްޗާއި ޕޭމެންޓުމަތިން ނެގުމުގައި ވެހިކަލްތަކަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މިކައުންސިލުން ނުނަގާނެ ވާހަކަ ވެސް ދަންނަވަމެވެ.