ވެޓެރެންސް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުހުވާލުން

25 ޖުލައި 2024|(IUL)468-ESDS/468/2024/199
ސުންގަޑި: 8 ސެޕްޓެމްބަރ 2024 (ހެނދުނު 7:0)

ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން 05 އޮކްޓޯބަރ 2024 ގައި ވެޓްރެންސް ފުޓްސަލް މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމް ތަކުން 08 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް އަދި މުބާރާތުގެ ޤަވާޢިދު މިއިދާރާގެ ފޭސްބުކް އަދި ވެބްސައިޓުން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.

މިމުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރ 6862820 ފޯނާއި ގުޅުއްވުން އެދެމެވެ.