ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށްޓަކައި ދޫކުރާ މައިކްރޯ ފައިނޭންސް ސްކީމްއާއި ގުޅޭ

28 މާރިޗް 2024
ސުންގަޑި: 4 އެޕްރީލް 2024 (ހެނދުނު 7:0)

މިއިދާރާގެ ނަންބަރު: (IUL)468-ESDS/INDIV/2024/3 އިއުލާނުން ފުވައްމުލަކު ސިޓީ ކައުންސިލުން ދޫކުރާ މައިކްރޯ ފައިނޭންސް ސްކީމް ދެވަނަ ބުރަށް ދޫކުރުމަށް ވަނީ ހުޅުވާލެވިފައެވެ. ވީމާ، މައިކްރޯފައިނޭންސް ސްކީމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް އެދި 04 އެޕްރީލް 2024 ގެ 12:00 ގެ ކުރިން ފޯމާއި އެކު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

އަދި މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ބަލައިގަތުމަށްޓަކައި (މިހިނގާ ރަމަޟާން މަހުގެފަހު 10 ގައި) ކައުންސިލް އިދާރާ ހުޅުވާފައި ހުންނާނެ ގަޑިތައް ތިރީގައި އެވަނީއެވެ.

02 އެޕްރީލް 2024ގެ ހެނދުނު 10 އިން 12 އަށް

04 އެޕްރީލް 2024ގެ ހެނދުނު 10 އިން 12 އަށް

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6865001ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.