ފުވައްމުލަކު ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2023 ފަސްކުރުމާއި ގުޅޭ

17 ސެޕްޓެމްބަރ 2023|(IUL)468-ESDS/468/2023/269

މިއިދާރާގެ ނަންބަރ (IUL)468-ESDS/468/2023/151އިއުލާނާއި ގުޅޭގޮތުން ދަންނަވަމެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފިރިހެނުންގެ ފުޓްސަލް މުބާރާތް، 20 އޮކްޓޯބަރ 2023 އަށް ވަނީ ފަސްކުރެވިފައެވެ. އެހެންކަމުން މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމް ތަކުން 08 އޮކްޓޫބަރު 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް އަދި މުބާރާތުގެ ޤަވާޢިދު މިއިދާރާގެ ވެބްސައިޓުން ލިބެންހުންނާނެ ވާހާކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރ 6860001 ފޯނާއި ގުޅުއްވުން އެދެމެވެ.

29 ޞަފަރު 1445

14 ސެޕްޓެމްބަރ 2023