ފުވައްމުލައް ސިޓީ ކައުންސިލް ވޮލީބޯޅަ މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލުން

16 މެއި 2023

ފުވައްމުލައް ސިޓީ ކައުންސިލް ވޮލީބޯޅަ މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލުން

ފުވައްމުލަކު ސިޓީ ކައުންސިލާއި ފުވައްމުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އިންތިޒާމުކުރާ ވޮލީބޯޅަ މުބާރާތެއް (އަންހެން އަދި ފިރިހެން ޑިވިޜަން) 17 ޖޫން 2023 ވަނަ ދުވަހުން ފެށިގެން ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ 2023 ވަނަ އަހަރުގެ ކުޅިވަރު ކަލަންޑަރގައި ހިމެނިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތަކީ ފުވައްމުލައް ސިޓީގެ އޮފީސްތަކާއި، ޖަމްއިއްޔާ ޖަމާއަތްތައް އަދި ވަކިވަކި ޓީމްތަކަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލެވިގެން ހިންގުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މިފޯރިގަދަ މުބާރާތަށް ސްޕޮންސަރ ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.

ވީމާ،ވޮލީބޯޅަ މުބާރާތް ސްޕޮންސަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި މި މުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ އ. ކައުންސިލް އެގްޒެކެޓިވް އަބްދުﷲ އިމްތިޔާޒް (7781076) އާއި ގުޅުއްވުން އެދެމެވެ.

24 ޝައްވާލް 1444

14 މެއި 2023