އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް 2023 އަށް މިސިޓީ ޒީނަތްތެރިކުރުމާއި ގުޅޭ
އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން 2023 ފެބުރުއަރީ 5 އިން 10ގެ ނިޔަލަށް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް 2023 މި ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި 37 ސްކޫލަކުން ވާދަކުރާނެއެވެ. މިމުބާރާތައް 3000 އަށް ވުރެ ގިނަ މީހުން މިރަށަށް ޒިޔާރަތް ކުރާނެކަމަށް ލަފާކުރެވެއެވެ. ފުވައްމުލައް ސިޓީ އަކީ ރީތި، ސާފުތާހިރު އަދި ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް ހިތްހަމަޖެހުމާއި، އުފާވެރިކަން ލިބިދޭ ސިޓީ އެއްގެ ގޮތުގައި ބޭއްވުމަށް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން މިކައުންސިލަށް ބޭނުންވެއެވެ.
ވީމާ ގޭގެ ގޯތިތެރެއާއި، މަގުތަކާއި، މަގުފާރުތައް ރީތިކޮށް ކުލަލައި، ގޭގެ ނަންބޯޑުތައް ހަރުކޮށް ޒީނަތްތެރި ކުރެއްވުމަށް ހުރިހާ ރައްތިޔުންނަށް އިލްތިމާސްކުރަމެވެ.
މިފަދަ މުނާސަބަތުތަކަށް މިސިޓީގެ ރައްޔިތުން އަބަދުވެސް ދެއްވާ އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.