ގިނަ ދުވަސްވެ ހަލާކުވެފައިވާ މުސްޙަފް ނައްތާލުން

12 ފެބްރުއަރީ 2024|(IUL)468-CS/468/2024/37
ސުންގަޑި: 22 ފެބްރުއަރީ 2024 (ހެނދުނު 8:0)

ގިނަ ދުވަސްވެ ހަލާކުވެފައިވާ މުސްޙަފް ނައްތާލުން

ފުވައްމުލަކުގެ ގޭބިސީތަކުގައި ހުރި ބޭނުން ނުކުރެވޭ ވަރަށް ގިނަ ދުވަސްވެ ހަލާކުވެފައިވާ މުސްޙަފް (ކީރިތި ޤުރުއާން ޚަތިމް) ރައްކާތެރި ގޮތުގައި ނައްތާލުމުގެ ޕްރޮގްރާމެއް ކައުންސިލުން ހިންގުމަށް ވާނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ނައްތާލަން ބޭނުންވާ މުސްޙަފް ހުރިނަމަ މިއިޢުލާނުގެ ލިންކުގައިވާ ގޫގުލް ފޯމް، 22 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިން ފުރިހަމަ ކުރެއްވުން އެދެމެވެ.

ގިނަ ދުވަސްވެ ހަލާކުވެފައިވާ މުސްޙަފް ނައްތާލުމަށް އެދޭ ގޫގަލް ފޯމް ލިންކް:

ގޫގަލް ފޯމް ލިންކް

12 ފެބުރުވަރީ 2024

02 ޝަޢްބާން 1445