އިޢުލާން
ފުވައްމުލައް ބަނދަރު ފަޅުތެރޭގައި އަމުރު ދޯނީގެ ފަހަތުން އަޅާފައިވާ (ޑިންގީ) އުޅަނދަކީ ރަޖިސްޓްރީ ނަންބަރެއްނެތް ބޭނުންނުކުރާތާ ގިނަ ދުވަސްވެފައިވާ އުޅަނދެކެވެ. ފުވައްމުލައް ބަނދަރު ބެލެހެއްޓުމުގެ ގަވާޢިދުގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުޅަނދުފަހަރު ބޭނުންނުކޮށް ބަނދަރުގައި ބާއްވަންވާނީ ކައުންސިލުން ލިޔުމުން ހުއްދަ ހޯދައިގެންނެވެ.
ވީމާ މަތީގައި ދެންނެވިފައިވާ އުޅަނދު 5 (ފަހެއް) ދުވަސް ތެރޭގައި އެސަރަހައްދުން ނެގުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި މި އުޅަނދު ނުނަގައިފިނަމަ އުޅަނދު ފަޅުތެރެއިން ނަގާ މިކައުންސިލަށް ފެންނަ ތަނަކަށް ބަދަލުކުރެވޭނެވާހަކަ ދަންނަވަމެވެ. އަދި މި އުޅަނދު ބަދަލުކުރުމުގައި ދިމާވާ ގެއްލުމުގެ ޒިންމާ މިކައުންސިލުން ނުނަގާނެ ވާހަކަ ދަންނަވަމެވެ.
06 ޛުލްޤައިދާ 1446
04 މެއި 2025