ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލުން

11 މެއި 2023

މިއިދާރާއިން އިންތިޒާމްކޮށްގެން "ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2023" ގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް 02 ޖޫން 2023 ވަނަ ދުވަހުން ފެށިގެން ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ 2023 ވަނަ އަހަރުގެ ކުޅިވަރު ކެލެންޑަރގައި މިއަހަރު ހިމެނިގެން ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތަކީ ފުވައްމުލައް ސިޓީގެ އަވަށްތަކަށް އަމާޒުކުރެވިގެން ހިންގުމަށް ހަމަޖެހިފައިވާ މިފޯރިގަދަ މުބާރާތަށް ސްޕޮންސަރ ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.

ވީމާ، ބެޑްމިންޓަން މުބާރާތް ސްޕޮންސަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި މި މުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ އ. ކައުންސިލް އެގްޒެކެޓިވް އަބްދުﷲ އިމްތިޔާޒް (7781076) އާއި ގުޅުއްވުން އެދެމެވެ.

21 ޝައްވާލް 1444

11 މެއި 2023