ފްލެޓް ތަކުގެ ސިޑި ގޮޅިއާއި ވޯކްވޭ ތަކުގައި ވެހިކަލްފަދަ ތަކެތި ޕާކޮށްފައި ބެހެއްޓުމާއި ގުޅޭ

14 ނޮވެމްބަރ 2024|(IUL)468-IMS/468/2024/308

ފުވައްމުލަކު ސިޓީގެ ފްލެޓް ތަކުގެ ސިޑި ގޮޅީގައި އާއި ވޯކްވޭތައް ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް ވެހިކަލްފަދަ ތަކެތި ޕާކުކުރަމުންދާކަން އަންނީ ފާހަނގަކުރެވެމުންނެވެ. މިގޮތަށް ވެހިކަލްތައް ބަހައްޓާފައިހުރުމުގެ ސަބަބުން ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ފްލެޓްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. ކައުންސިލްގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ ވެހިކަލެއް ނުވަތަ މިސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް އުދަނގޫ ވާނެ ޒާތުގެ އެއްވެސް އެއްޗެއް ފްލެޓްތަކުގެ ސިޑި ގޮޅި ތަކުގައި ނުވަތަ ވޯކްވޭ ތަކުގައި ބެހެއްޓުމަކީ މަނާކަމެކެވެ.

ވީމާ، ފްލެޓް ތަކުގެ ސިޑި ގޮޅިތަކުގައްޔާއި ވޯކްވޭ ތަކުގައި ބަހައްޓާފައި ހުރި ތަކެތި 05 (ފަހެއް) ދުވަހުގެ ތެރޭގައި ނެގުމަށާއި، ވެހިކަލްފަދަ ތަކެތި މިސަރަހައްދުގައި ޕާކުކޮށްފައި ނުބެހެއްޓުމަށް ދަންނަވަމެވެ.

12 ޖުމާދަލްއޫލާ 1446

14 ނޮވެމްބަރ 2024