"ފުވައްމުލައް ސިޓީ ކައުންސިލް ވެޓެރެންސް ފުޓްސަލް މުބާރާތް 2025" ފަސްވުމާއި ގުޅޭ

7 އޮގަސްޓް 2025|(IUL)468-ESDS/468/2025/212

"ފުވައްމުލައް ސިޓީ ކައުންސިލް ވެޓެރެންސް ފުޓްސަލް މުބާރާތް 2025" ފަސްވުމާއި ގުޅޭ

ފުވައްމުލައް ސިޓީ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން 13 ސެޕްޓެމްބަރ 2025 ފުވައްމުލައް ސިޓީގެ ޓީމްތަކަށް އަމާޒުކޮށްގެން " ފުވައްމުލައް ސިޓީ ކައުންސިލް ވެޓެރެންސް ފުޓްސަލް މުބާރާތް 2025 " ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާފުޓްސަލް މުބާރާތް ވަނީ 17 ސެޕްޓެމްބަރ 2025 ގައި ބޭއްވުމަށް ފަސްކުރެވިފައެވެ. މި ބަދަލަކީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ނިމުމަށް ހަމަ ޖެހިފައިވާ މަކިޓާ އެތްލެޓިކްސް މުބާރާތް 3 ދުވަހަށް ފަސްވުމާއި ގުޅުގެން ގެނެވުނު ބަދަލެކެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން[email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ފުވައްމުލަކު ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

14 ސަފަރ 1447

07 އޯގަސްޓު 2025