އެހެން އަހަރުތަކެކޭ އެއްފަދައިން 2025 ވަނަ އަހަރުގެ ފުވައްމުލައް ސިޓީ ކައުންސިލްގެ ކުޅިވަރު ކެލެންޑަރގައި ހިމެނިގެން "ފުވައްމުލަށް ސިޓީ ކައުންސިލް ހޭންޑް ބޯޅަ މުބާރާތް 2025" ބޭއްވުމަށް ވަނީ ނިންމާފައެވެ. ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކުރާ މިފަދަ މުބާރާތްތަކަކީ އަތޮޅު ލެވެލްގައި އާއި އަދި ރާއްޖެ ލެވެލްގައިވެސް ފޯރިގަދަ ކާމިޔާބު މުބާރަތްތަކެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ފުވައްމުލަށް ސިޓީ އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުޅިވަރުގެ ރޫޙް އާލާކޮށް، އައު ކުޅުންތެރިން އުފައްދައި، ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދީ އަދި ޤައުމީ ފެންވަރުގައި ގިނަ ކުޅުންތެރިންތަކެއް ރާއްޖޭގެ އެކި ކައްކޮޅުތަކުގައި އުފެއްދުމެވެ. މީގެ އިތުރުން ފުވައްމުލަށް ސިޓީ އަކީ ކުށްމަދު، އިޖްތިމާއީ ގޮތުން ބަދަހި މުޖުތަމައެއް އޮންނަ ސިޓީއަކަށް ހެދުމަކީ މިމުބާރާތްތައް ބޭއްވުމުގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ. މިފަދަ މުބާރާތްތައް ކަމިޔާބުކޮށް ނިންމާލެވެނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ.
އެގޮތުން، ފުވައްމުލައް ސިޓީ ކައުންސިލްގެ 2025 ވަނަ އަހަރުގެ ކުޅިވަރު ކެލެންޑަރގައި ހިމެނިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ފުވައްމުލަށް ސިޓީ ކައުންސިލް ހޭންޑް ބޯޅަ މުބާރާތް 2025" ސްޕޮންސަރ ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.
ވީމާ، ސްޕޮންސަރ ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 މޭ 2025 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ޔުނިޓްގެ ސީނިއަރ ކައުންސިލް އޮފިސަރ ނާފިޒް ޢަލީ ޔޫސުފް 7778529 ފޯނާއި ގުޅުއްވުން އ