ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2025 ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލުން

14 މެއި 2025|(IUL)468-CS/468/2025/129

ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2025 ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލުން

މިއިދާރާ އިން އިންތިޒާމްކޮށްގެން ފުވައްމުލައް ސިޓީގެ ސްކޫލްތަކާއި ރަޖިސްޓްރީ ކޮށްގެން ހިންގޭ ޤުރުއާން ކްލާސްތަކަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަމާޒު ކޮށްގެން ކޮންމެ އަހަރަކުވެސް ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް އަންނަނީ ބާއްވަމުންނެވެ. އެގޮތުން މިއަހަރުގެ ޤުރުއާން މުބާރާތް 2025 ޖޫން 23 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މަޤްސަދަކީ

(ހ) ފުވައްމުލަކުގެ ދަރިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް،

ދިރުވައި، ފެތުރުމަށް މަސައްކަތްކުރުން.

(ށ) ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި ތަޖުވީދުމަގަށް ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުން.

(ނ) ކީރިތި ޤުރުއާން ރައްކާތެރި ކުރުމަށް މަސައްކަތްކުރުން.

(ރ) ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުން.

(ބ) ގައުމީ އަދި ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ވާދަ ކުރެވޭ ފެންވަރުގެ މީހުން ބިނާކުރުން.

މުބާރާތުގެ ސްޕޮންސާރ ކުރެވޭނެ ކަންތައްތައް:

ޓައިޓުލް ސްޕޮންސަރ

އިޝްތިހާރު ބެނަރ

މުބާރާތުގައި ހޮވާވަނަތައް:

ޖޫނިއަރ ގުރޫޕް (ސްކޫލްތަކާއި އަދި ޤުރުއާން ކްލާސްތައް)

(ހ) ފައުންޑޭޝަން ސްޓޭޖް ބަލައިގެން ކިޔެވުމުގެ ގޮފިން އެންމެ މޮޅު 5 ދަރިވަރުން

(ށ) ފައުންޑޭޝަން ސްޓޭޖް ނުބަލައި ކިޔެވުމުގެ ގޮފިން އެންމެ މޮޅު 5 ދަރިވަރުން

(ނ) ކީ ސްޓޭޖް 1 ގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެންމެ މޮޅު 5 ދަރިވަރުން

(ރ) ކީ ސްޓޭޖް 1 ގެ ނުބަލައި ކިޔެވުމުގެ ގޮފިން އެންމެ މޮޅު 5 ދަރިވަރުން

(ބ) ކީ ސްޓޭޖް 2 ގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެންމެ މޮޅު 5 ދަރިވަރުން

(ޅ) ކީ ސްޓޭޖް 2 ގެ ނުބަލައި ކިޔެވުމުގެ ގޮފިން އެންމެ މޮޅު 5 ދަރިވަރުން

ސީނިޔަރ ގުރޫޕް (ސާނަވީ)

(ކ) ކީ ސްޓޭޖް 3 ގެ ބަލައިގެން ކިޔެވުމުގެ ގޮފިން 3 2 1 ވަނަ

(އ) ކީ ސްޓޭޖް 3 ގެ ނުބަލައި ކިޔެވުމުގެ ގޮފިން 3 2 1 ވަނަ

(ވ) ކީ ސްޓޭޖް 4 ގެ ބަލައިގެން ކިޔެވުމުގެ ގޮފިން 3 2 1 ވަނަ

(މ) ކީ ސްޓޭޖް 4 ގެ ނުބަލައި ކިޔެވުމުގެ ގޮފިން 3 2 1 ވަނަ

ސީނިޔަރ ގުރޫޕް (މަތީސާނަވީ)

(ފ) ކީ ސްޓޭޖް 5 ގެ ބަލައިގެން ކިޔެވުމުގެ ގޮފިން 3 2 1 ވަނަ

(ދ) ކީ ސްޓޭޖް 5 ގެ ނުބަލައި ކިޔެވުމުގެ ގޮފިން 3 2 1 ވަނަ

މުޅި މުބާރާތުން

(ތ) ބަލައިގެން ކިޔެވުމުގެ ގޮފިން މުޅިމުބާރާތުން 3 2 1 ވަނަ

(ލ) ނުބަލައި ކިޔެވުމުގެ ގޮފިން މުޅިމުބާރާތުން 3 2 1 ވަނަ

(ގ) ޖޫނިއަރ ގްރޫޕުން 1 2 3 ވަނަ ސްކޫލް/ޤުރުއާން ކްލާސް

(ޏ) ސީނިއަރ ގްރޫޕުން 1 2 3 ވަނަ ސްކޫލް/ޤުރުއާން ކްލާސް

(ސ) ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީގައި ބައިވެރިވި ކުދިންނަށް ދެވޭ އިނާމް

ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާތަށް

(ހ) ބަލައިގެން ކިޔެވުމުގެ ގޮފިން 3 2 1 ވަނަ

(ށ) ނުބަލައި ކިޔެވުމުގެ ގޮފިން 3 2 1 ވަނަ

(ނ) ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވާ ފަރާތްތަކުގެ ތެރެއިން މުޅި މުބާރާތުން 3 2 1 ވަނަ

ވީމާ ޤްރުއާން މުބާރާތް ސްޕޮންސަރ ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން [email protected] އަށް އީމެއިލް މެދުވެރިކޮށް އަންގަވާދެއްވުން އެދެމެވެ. އަދި މި މުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ހޮޓް ލައިން ނަންބަރު 7487900 އާއި ގުޅުއްވުން އެދެމެވެ.