ރަމަޟާން މަހަށް ތައްޔާރުވުމަށް މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ހުޅުވާލުން

24 ޑިސެމްބަރ 2024|(IUL)468-IMS/468/2024/338

ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ފުވައްމުލައް ސިޓީގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިސިޓީގެ މިސްކިތްތަކުގެ އާބާތުރަ ފިލުވާ، މަރާމާތުކޮށް ޒީނަތްތެރިކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފާރާތްތަކުން 09 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މޮސްކް ޔުނިޓްގެ ހޮޓްލައިން 7475001 ނަންބަރަށް ގުޅުއްވައިގެން ނުވަތަ މޮސްކް ޔުނިޓްގެ އީމެއިލް [email protected] އަށް މެއިލްކުރައްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

22 جُمَادَىٰ ٱلْآخِر 1446

23 ޑިސެންބަރު 2024