ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

23 ޖޫން 2025|(IUL)468-ESDS/468/2025/162
ސުންގަޑި: 2 އޮކްޓޯބަރ 2025 (ހެނދުނު 7:0)

"ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން 23 އޮކްޓޯބަރ 2025 ގައި މުޅި ރާއްޖޭގެ ހުރިހާ ޓީމްތަކަށް އަމާޒުކޮށްގެން " ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2025 " ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓިމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 02 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން[email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ފުވައްމުލަކު ސިޓީ ކައުންސިލްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

ބައިވެރިވުމަށް އެދޭ ފޯމާއި ޤަވާއިދު