ފުވައްމުލައް ސިޓީއަށް 2 ކާޑު އެޖެންޓުން ހޯދުމާއި ގުޅޭ

28 މެއި 2023

ފުވައްމުލައް ސިޓީއަށް 2 ކާޑު އެޖެންޓުން ހޯދުމާއި ގުޅޭ؛

އެސް.ޓީ.އޯ ކާޑު އެޖެންޓުންގެ ގޮތުގައި ދެ ފަރާތެއް ފުވައްމުލަކުން ނެގުމަށް އެސް.ޓީ.އޯ އިން ވަނީ ނިންމާފައެވެ. އެހެންކަމުން މިސިޓީގައި ތިބި ވިޔަފާރި ކުރާފަރާތްތަކަށް އެކަމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ،މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއަކާއިއެކު ވިޔަފާރި ޕްރޮފައިލް، ވިޔަފާރި ރަޖިސްޓްރޭޝަންގެ ކޮޕީ، ޖީ.އެސްޓީ ރެޖިސްޓްރޭޝަންގެ ކޮޕީ އަދި އައިޑީ ކާޑުގެ ކޮޕީ 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ކައުންސިލް އެގްޒެކެޓިވް އަލީ މަސީހު (7770767) އާއި ގުޅުއްވުން އެދެމެވެ.

08 ޛުލްގައިދާ 1444

28 މެއި 2023