ފުވައްމުލަކު އެނިސް ގޯތީގެ އިރުން އޮތް ހުސްބިމުގައި އެނިސް ގޯއްޗަށް ދަތިވާ ގޮތަށް ހުރި ތިރީގައި މިދަންނަވާ ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ބޭނުންއެވެ.
02 ފޯދުނު ދިވެހިރުއް
02 ފޯދުނު ފެންފޯއްރުއް
01 ބަނބުކެޔޮގަސް
ވީމާ މިރުއްގަހުގެ މިލްކުވެރި ފަރާތެއްވާނަމަ 2022 ސެޕްޓެމްބަރ 04 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން އެރުއްގަސްތަކަކީ ރަޖިސްޓްރީ ކުރެވިފައިވާ ނުވަތަ އެރުއްގަހުގެ މިލްކުވެރިކަން އެނގޭނެ ލިޔުމާއިއެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.
02 ޞަފަރު 1443
29 އޮގަސްޓް 2022