ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2025

11 މެއި 2025| (IUL)468-CS/468/2025/122
ސުންގަޑި: 4 ޖޫން 2025 (ހެނދުނު 9:0)

ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2025

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2025" 23 ޖޫން 2025 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ފުވައްމުލަކުގެ ސްކޫލްތަކާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ކީރިތި ޤުރުއާން ކިޔަވާދޭ ތަނެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިގެން ފުވައްމުލަކުގައި ހިންގާ ޤުރުއާން ކުލާސްތަކާއި، ރަޖިސްޓްރީ ކުރެވިގެން ފުވައްމުލަކުގައި ހިންގާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޖޫން 2025 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖް އިން ލިބެން ހުންނާނެ އެވެ.