މަގުތަކާއި އާންމު ސަރަޙައްދުތަކުގައި ސްޓިކާސް ފަދަ ތަކެތި ތަތް ކުރުމާބެހޭ

6 އޮގަސްޓް 2025|(IUL)468-BFS/468/2025/181

ފުވައްމުލަކު ސިޓީގެ މަގުތަކާއި އާންމު ސަރަޙައްދުތަކުގައި ހުރި ހޮޅިދަނޑިފަދަ ތަކެތީގައި، ސްޓިކާސް ފަދަ ތަކެތި ތަތް ކުރުމާބެހޭ

ފުވައްމުލަކު ސިޓީގެ އެކި ސަރަޙައްދުތަކުގައި ހަރުކުރެވިފައިވާ މަގުބައްތިތަކުގެ ހޮޅިދަނޑި، ޓްރެފިކް ނިޝާންތައް، ސައިންބޯޑުތައް އަދި އެނޫންވެސް އާންމު ތަންތަނުގައި، ތަފާތު ބޭނުންތަކަށް ސްޓިކާސް، ޕޯސްޓަރު ނުވަތަ އެފަދަ ތަކެތި ތަތްކޮށްފައި ހުންނަކަން، މިއިދާރާއަށް ވަނީ ފާހަގަކުރެވިފައިއެވެ.

މިފަދަ ތަކެތި އާންމު ތަންތަނުގައި ތަތްކުރުމުގެ ސަބަބުން، ސިޓީގެ ރީތިކަމަށް ބުރޫއަރައި، ސިޓީގެ މާޙައުލު ހީނަރުވެ، ކުނިކަހާ ސާފުކުރުމަށް ބޮޑެތި ހޭދަތަކެއް ކައުންސިލުން ކުރަންޖެހެއެވެ. ވީމާ، ފުވައްމުލަކު ސިޓީގެ އެކި ސަރަޙައްދުތަކުގައި ހުރި ހޮޅިދަނޑި، މަގުބައްތި، ޓްރެފިކް ނިޝާން، ސައިންބޯޑު އަދި އެނޫންވެސް އާންމު އެއްވެސް ތަނެއްގައި ސްޓިކާސް، ޕޯސްޓަރު ނުވަތަ އެނޫންވެސް އެފަދަ ތަކެތި ތަތް ނުކުރުމަށް އާންމުކޮށް އިޢުލާން ކުރަމެވެ.

އަދި އެއްވެސް ބާވަތެއްގެ އިޝްތިހާރެއް، އިޢުލާނެއް އާންމުކުރަން ބޭނުންވާ ފަރާތްތަކުން ފުވައްމުލައް ސިޓީގެ ޤަވާއިދު ނަންބަރު 2014/R-215 (މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ ގަވާއިދު) ގެ ދަށުން އެކަށީގެންވާ ހުއްދަ ލިބިގެން ކުރިޔަށް ގެންދިއުމަށް ދަންނަވަމެވެ. އަދި މިކަމާ ޚިލާފުވާ ފަރާތްތަކާމެދު، ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަވެސް ދަންނަވަމެވެ.

ފުވައްމުލައް ސިޓިގެ ރީތިކަން ދެމެހެއްޓުމަކީ، މިސިޓީގެ އަމާޒަކެވެ. އެހެންކަމުން، މިކަންތަކަށް އެންމެހާ ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދު ކުރަމެވެ.

04 ސަފަރު 1447

30 ޖުލައި 2025