"ފުވައްމުލައް އީދު އުފާ 1444" ހިލޭސާބަހަށް ހިންގައި ދޭނެ ފަރާތެއް ހޯދުން

10 މެއި 2023

1444ވަނަ އަހަރު އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކައުންސިލާއި ކްލަބް ޖަމްޢިއްޔާތައް ގުޅިގެންނެވެ. ޢީދު ހަރަކާތްތައް ހިލޭ ސާބަހަށް ރާވާ ހިންގުމަށް ޝައުގުވެރިވާ ކްލަބް ޖަމްޢިއްޔާތަކުން 14 މެއި 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ފުވައްމުލައް ޕަބްލިކް ލައިބްރަރީ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 18 މެއި 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާނީ [email protected]އަށް އީމެއިލް މެދުވެރިކޮށެވެ. އީމެއިލް ލިބުނުތޯ ޔަގީންކުރެއްވުމަކީ ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ.

20 ޝައްވާލް 1444

10 މެއި 2023