"ފުވައްމުލައް ސިޓީ ކައުންސިލް ވޮލީ މުބާރާތް 2024" ގެ ޤަވާއިދަށް އިސްލާޙު ގެނައުން
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން 28 އެޕްރީލް 2024 ގައި ފެށުމަށް ހަމަޖެހިފައިވާ "ފުވައްމުލައް ސިޓީ ކައުންސިލް ވޮލީ މުބާރާތް 2024" ގެ ޤަވާއިދު، ފުވައްމުލައް ސިޓީ ކައުންސިލްގެ 2024 ވަނަ އަހަރުގެ 11 ވަނަ އާންމު ޖަލްސާއިން އިސްލާޙު ކުރުމަށް ފާސްވުމާއި ގުޅިގެން، މުބާރާތުގެ ޤަވާއިދު އިސްލާޙުކޮށް އަލުން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
ވީމާ، މި މުބާރާތުގެ ޤަވާއިދަށް ގެނެވުނު އިސްލާޙާއިއެކު ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު 07 އެޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޓީމްލިސްޓް ފޯމާއި މުބާރާތުގެ ޤަވާއިދު އިސްލާޙް ފުވައްމުލަކު ސިޓީ ކައުންސިލްގެ ފޭސްބުކް އަދި ވެބްސައިޓުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
04 ރަމަޟާން 1445
14 މާރިޗު 2024