ފުވައްމުލަކު ބަނދަރުގެ ހުރަސްތޮށީގައި ބާއްވާފައިއޮތް ބޮއި ގެ ވެރިފަރާތް ހޯދުމާއި ގުޅޭ

21 ސެޕްޓެމްބަރ 2023

ފުވައްމުލަކު ބަނދަރުގެ ހުރަސްތޮށީގައި ބާއްވާފައިއޮތް ބޮއި ގެ ވެރިފަރާތް ހޯދުމާއި ގުޅޭ:

ފުވައްމުލަކު ބަނދަރުގެ ހުރަސްތޮށީގައި ބާއްވާފައިއޮތް ފެހިކުލައިގެ ބޮޑުބޮއިގެ ވެރިފަރާތް ހޯދުމަށް މިކައުންސިލުން ބޭނުންވާތީ 02 އޮކްޓޫބަރ 2023 ވަނަ ދުވަހުގެ ކުރިން އެކަން މިކައުންސިލަށް އަންގާ އެބޮއި އެތަނުން ނެންގެވުމަށް ދަންނަވަމެވެ. މިދެންނެވި ބޮއި ހުރަސްތޮށީގައި އޮތުމުގެ ސަބަބުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ދަނީ ގިނަ ގުނަ ދަތިތަކާއި ކުރިމަތިވަމުންނެވެ. އިސްވެ ދެންނެވުނު ތާރީޚުގައި މި ބޮއިގެ ވެރިފަރާތެއް މިކައުންސިލަށް ނާންގައިފިނަމަ އަދި ބޮއި އެތަނުން ނުގެންދަވައިފިނަމަ އެއީ ވެރިއަކު ނެތް އެއްޗެއްކަމަށް ބަލާ ހުރަސްތޮށިން މިބޮއި ނަގާ ނައްތާލެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

06 ރަބީޢުލްއައްވަލް 1445

21 ސެޕްޓެމްބަރ 2023