ފުވައްމުލައް ސިޓީ ކައުންސިލް މަދަޙަ މުބާރާތް 2022 އަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

10 ނޮވެމްބަރ 2022
ސުންގަޑި: 16 ނޮވެމްބަރ 2022 (ހެނދުނު 9:0)

ފުވައްމުލަކު ސިޓީ ކައުންސިލް މަދަޙަ މުބާރާތް 2022 އަށް އިނާމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލުން

2022 ނޮވެންބަރު 17 އިން 19 ނޮވެންބަރު 2022 އަށް މިއިދާރާއިން އިންތިޒާމްކޮށްގެން ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ މެދުގައި މަދަޙަ ކިޔުމުގެ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ މި މުބާރާތުގެ ވަނަތަކަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ނަންބަރަށް (ނަންބަރ 7781142) ގުޅުއްވައި މަޢުލޫމާތު ސާފު ކުރެއްވުންއެދެމެވެ.

މި މުބާރާތުގެ ވަނަތަކަށް އިނާމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 16 ނޮވެންބަރު 2022 ވަނަ ދުވަހު 14:00 ކަމުގައި ދެންނެވީމެވެ.

ތިރީގައި މިވާ ވަނަތަކަށް އިނާމު ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މުބާރާތުގައި ހޮވާނެ ވަނަތައް

* 6 އަހަރުން ދަށުގެ ބައިން ގަދަ 5 ދަރިވަރުން ( ޕްރީސްކޫލް ގެ ބައި )

* 9 އަހަރުން ދަށުގެ ބައިން ގަދަ 5 ދަރިވަރުން

* 11 އަހަރުން ދަށުގެ ބައިން ގަދަ 5 ދަރިވަރުން

* 13 އަހަރުން ދަށުގެ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ދަރިވަރު

* 16 އަހަރުން ދަށުގެ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ދަރިވަރު

* 19 އަހަރުން ދަށުގެ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ދަރިވަރު

* މުޅި މުބާރާތުން ހުރިހާ ޢުމުރު ފުރާ އެއްކޮއް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ދަރިވަރު

* ގްރޫޕް މަދަޙައިގެ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ސްކޫލް

* މުޅި މުބާރާތުން ޅެންވެރިކަމުގެ ގޮތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފަރާތް

* އަމިއްލަ ރާގުގެ ބައިން މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފަރާތް

* މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ސްކޫލް

* ޚާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުން

16 ރަބީޢޫލްއާޙިރާ 1444

10ނޮވެންބަރު 2022