ވެރިފަރާތް ހޯދުމަށް

16 މާރިޗް 2023
ސުންގަޑި: 16 މާރިޗް 2023 (ހެނދުނު 8:0)

ފުވައްމުލައް ހޯދަޑު ހަވިއްތަމަގުގެ ފުޓުސަލްދަނޑުން ފެށިގެން ޓިއުރިން ގޯއްޗާއި ހަމައަށް އަތިރިއާ ވީފަޅިން، މަގުގެ ޕޭވްމަންޓް ހެދުމަށްޓަކައި އުފުރާލަންޖެހޭ ރުއްތަކުގައި މިކައުންސިލުން ވާނީ 01 ން 08 އަށް ނަމްބަރު ޖަހާފައެވެ.

ވީމާ، މި ދެންނެވި ރުއްތަކުގެ ވެރިފަރާތުން އެރުއްތަކަކީ ރަޖިސްޓްރީ ކުރެވިފައިވާ ރުއްކަން ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއި އެކު އިންދާފައިވާ ރުއްކަން އެގޭނެ ލިޔުމާއިއެކު 2023 މާރިޗް 21 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލްގެ ލޭންޑް މެނޭޖްމަންޓް ސެކްޝަނަށް (ކުރީގެ ރަށުއޮފީސް) ހުށަހެޅުއްވުން އެދެމެވެ.

24 ޝަޢުބާން 1444

16 މާރިޗް 2023