"ފުވައްމުލައް ޓޫރިޒަމް އެވޯޑް" ދިނުމުގެ ރަސްމިއްޔާތުގެ ސައުންޑް އަދި ލައިޓިންގ ސެޓަޕް ހެދުމާއި ގުޅޭ

11 ސެޕްޓެމްބަރ 2024|2024/47
ބީލަން ހުށަހެޅުން: 14 ސެޕްޓެމްބަރ 2024 ( 5:30)
މައުލޫމާތު ސާފުކުރުން: 12 ސެޕްޓެމްބަރ 2024 ( 5:30)އަގުބަލާ ފޯމް

ފުވައްމުލަކުގެ ފަތުރުވެރިކަމަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ "ފުވައްމުލައް ޓޫރިޒަމް އެވޯޑް" ދިނުމުގެ ރަސްމިއްޔާތުގެ ސައުންޑް އަދި ލައިޓިންގ ސެޓަޕް ހެދުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެއްކަރުދާސް ކުރެވިފައިވާ އަގުބަލާފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެން.

މަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައި އޮންނާނެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މަސައްކަތުގެ އަގުބަލާ ފޯމާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަގުބަލާފޯމް ބަލައިގަތުން އޮންނާނީ 14 ސެޕްޓެމްބަރ 2024 ވާ ހޮނިހިރު ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައި. މެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން މަސައްކަތުގެ އަގުބަލާ ފޯމް 14 ސެޕްޓެމްބަރ 2024 ވާ ހޮނިހިރު ދުވަހުގެ 10:30 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ ޕްރޮކިއުމެންޓް މެއިލް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ.