ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފުވައްމުލައް ސިޓީގައި ކަށުކަމާކެމީގެ ކަންތައް (ސަންދޯއް ޖެހުން އަދި ކައްވަޅު ކޮނުން) 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ(IUL)468-APS/468/2024/99 އިޢުލާން އަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 31 ޖުލައި 2024 ގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 01 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 01 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 04 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862829
އީމެއިލް: [email protected]