ކައުންސިލް އިމާރާތުގައި ވޯލް ޕެނެލް ޖެހުމުގެ މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެއްކަރުދާސް ކުރެވިފައިވާ އަގުބަލާފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެން.
މަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 13 މެއި 2025 ވާ އަންގާރަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައި އޮންނާނެއެވެ. އަގުބަލާފޯމް ބަލައިގަތުން އޮންނާނީ 14 މެއި 2025 ވާ ބުދަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައި. މެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން މަސައްކަތުގެ އަގުބަލާ ފޯމް 14 މެއި 2025 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ ޕްރޮކިއުމެންޓް މެއިލް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ.