މިސްކިތްމަގު ވޮލީ ކޯޓުގެ ބެންޗު މަރާމާތުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެއްކަރުދާސް ކުރެވިފައިވާ އަގުބަލާފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެން.
އަގު ހުށަހަޅާ ފޯމްތައް ބަލާގަނެވޭނީ މައުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކުންނެވެ.
މަސައްކަތާއި ގުޅޭ މައުލޫމާތު ބައްދަލުވުން 04 އޮގަސްޓް 2025 ވާ ހޯމަ ދުވަހު 11:00 ގައި މިސްކިތްމަގު ވޮލީ ކޯޓުގައި އޮންނާއެވެ. އަގުބަލާފޯމް ބަލައިގަތުން އޮންނާނީ 05 އޮގަސްޓް 2025 ވާ އަންގާރަ ދުވަހު 11:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައި. މެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން މަސައްކަތުގެ އަގުބަލާ ފޯމް 05 އޮގަސްޓް 2025 ވާ އަންގާރަ ދުވަހު 11:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ ޕްރޮކިއުމެންޓް މެއިލް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ.