ދިގުވާނޑު ޕާކުގެ ވަށާ ފާރު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެއްކަރުދާސް ކުރެވިފައިވާ އަގުބަލާފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެން.
މަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 20 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 10:00 ގައި ދިގުވާނޑު ޕާކުގައި އޮންނާނެއެވެ. އަގުބަލާފޯމް ބަލައިގަތުން އޮންނާނީ 21 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހު 10:30 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައި. މެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން މަސައްކަތުގެ އަގުބަލާ ފޯމް 21 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހު 10:30 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ ޕްރޮކިއުމެންޓް މެއިލް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ.