ފުވައްމުލަކު ސަންސެޓް ގޯތީގެ ހުޅަގުން، ޖަމާލުއްދީން ނައިބުތުއްތު މަގުގެ އިރުން އޮތް ބިން ކުއްޔަށް ދިނުމާއި ގުޅޭ.
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފުވައްމުލަކު ސަންސެޓް ގޯތީގެ ހުޅަގުން، ޖަމާލުއްދީން ނައިބުތުއްތު މަގުގެ އިރުން އޮތް ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރ (IUL)468-APS/468/2023/340އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 25 މާރިޗު 2024 ވާ ހޯމަ ދުވަހު 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.
ބީލަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 26 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައެވެ.
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 27 މާރިޗު 2024 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 27 މާރިޗު 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 31 މާރިޗު 2024 ވާ އާދީއްތަ ދުވަހުގެ 10:30ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.