ފުވައްމުލައް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ 15 ވަނަ ނެޝަނަލް ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް ގެ ހުޅުވުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތުގެ ސައުންޑް އަދި ލައިޓިންގ ސެޓަޕް ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެއްކަރުދާސް ކުރެވިފައިވާ އަގުބަލާފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެން.
މަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 06 އޮކްޓޫބަރު 2024 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައި އޮންނާނެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މަސައްކަތުގެ އަގުބަލާ ފޯމާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަގުބަލާފޯމް ބަލައިގަތުން އޮންނާނީ 07 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައި. މެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން މަސައްކަތުގެ އަގުބަލާ 07 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ ޕްރޮކިއުމެންޓް މެއިލް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ.