ފުވައްމުލައް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ނިންމައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

22 އޮކްޓޯބަރ 2023|(IUL)468-APS/468/2023/301
ރަޖިސްޓަރކުރަންވީ ތާރީޙް: 26 އޮކްޓޯބަރ 2023 (ހެނދުނު 7:0)ބީލަން ހުށަހެޅުން: 1 ނޮވެމްބަރ 2023 (ހެނދުނު 6:0)
މައުލޫމާތު ސާފުކުރުން: 29 އޮކްޓޯބަރ 2023 (ހެނދުނު 6:0)ޑައުންލޯޑް

ފުވައްމުލައް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ޑިޒައިން އެންޑް ބިލްޑް އުޞޫލުން ނިންމައިދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ(IUL)468-APS/468/2023/267 އިޢުލާން އަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 26 އޮކްޓޫބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 29 އޮކްޓޫބަރ 2023 ވާ އާދީއްތަ ދުވަހުގެ 11:00ގައި ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 30 އޮކްޓޫބަރ2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 30 އޮކްޓޫބަރ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 01 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ 11:00ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.